ބ. ތުޅާދޫ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު ހިސާން ހުސެއިން އާއި އޭނާގެ ފިރިކަލުން އިބްރާހިމް ނާޒިލް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވައިފި އެވެ.

ހިސާންގެ ފިރިކަލުން ނާޒިލް ވާދަ ކުރައްވަނީ ހިތަދޫ ދެކުނު ދާއިރާއަށެވެ. މިހާރު ވޯޓު ގުނުން ކުރިއަށް ދާއިރު އޭނާ އޮތީ ބޮޑު ތަފާތަކާ އެކު ކުރީގަ އެވެ. އެހެންކަމުން އޭނާ އަށް ވަނީ ގޮނޑި ކަށަވަރުވެފަ އެވެ.

ކުރީގެ ރައީސް ނަޝީދުގެ ވަކީލުކަން ކުރެއްވި ހިސާން ވެސް އުޅުއްވަނީ ތުޅާދޫ ދާއިރާއިން ބޮޑު ތަފާތަކާ އެކު ކުރީގަ އެވެ. އޭނާއަށް ވެސް ގޮނޑި ވަނީ ކަށަވަރުވެފަ އެވެ.

ހިސާން އަކީ މިއަދުގެ ސަރުކާރު ގެނައުމުގައި ކެމްޕޭނުގައި އުޅުއްވި ފަރާތަކެެވެ. އަދި ކުރީގެ ސަރުކާރުގައި އޭނާ ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ހައްގުގައި ވާކާލާތު ކުރައްވައިފަ އެވެ.