މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް ނުވަތަ އިސްލާމީ މަރުކަޒުގެ އިމާމްކަމުގެ މަގާމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ބ. ކެންދޫ އެއްގަމުގެ ޝައިހް ނަސްރުﷲ އަލީ އެ މަގާމަށް އައްޔަނުކުރައްވައިފިއެވެ.

މިއީ މިނިސްޓަރުގެ ނައިބު ފެންވަރުގެ މަގާމެކެވެ.

ނަސްރުﷲ ވަނީ ގުރުއާނާއި، އިސްލާމީ އިލްމު އުނގަންނައިދިނުމުގައި މީގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިފައެވެ.

އަދި އޭނާ ވަނީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީއިން "ބެޗެލަރ އޮފް އަރޓްސް ޑިގްރީ އިން އިސްލާމިކް ޝަރީޢާ" ވެސް ހާސިލްކުރައްވައިފައެވެ.

އޭނާ އެ މަގާމަށް އައްޔަނުކޮށްފައިވަނީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ.