11 Apr 2019, 17:36
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އާ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން ލޯންޗުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވެބްސައިޓާއި އެޕްލިކޭޝަން ލޯންޗުކޮށްދެއްވީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް އެފެއާޒް ހަސަން އަރީފް މިއަދު ވިދާޅުވީ އާ ވެބްސައިޓު ފަރުމާކޮށްފައިވާނީ ޔޫޒާ އިންޓަފޭސް އަށް ބަދަލުގެނެސް ބޭނުންކުރާ މީހުންނަށް ފަސޭހަވާނެ ގޮތަކަށް ކަމަށެވެ. އާ ވެބްސައިޓުން ފަސޭހަކަމާއެކު ފްލައިޓް ޝެޑިއުލް ބަލާލައި، އެއާޕޯޓުން ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތަކުގެ މައުލޫމާތު ލިބޭނެއެވެ.
މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންސްޓަގްރާމް ފީޑާއި#velanainternationalairportmleބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ޕޯސްޓު ކުރާ ފޮޓޯތައްވެސް ބަލައިލެވޭނެއެވެ.
އާ އެޕްލިކޭޝަނުންވެސް އިންސްޓަގްރާމް ފީޑު ބަލާލައި، ފަސިންޖަރުންނަށް ބޭނުންވާނެ މައުލޫމާތު ލިބޭނެއެވެ.