މީޑިއާނެޓްގެ އެންމެ ފަހުގެ ސެޓް-ޓޮޕް-ބޮކްސް (އެމް580) އިން ކަރޯކޭގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

އެމް580 އަލްޓްރާ އެޗްޑީ ސެޓް ބޮކްސްއަކީ، އަލްޓްރާ އެޗްޑީ، ޑޮލްބީ ސަރައުންޑިންގ ސައުންޑް 5.1، އެންމެ ފަހުން ބެލި ޗެނަލް، އެއްފަހަރާ ގިނަ ޗެނަލްތަކެއް ރެކޯޑް ކުރެވޭ، 1ޓީބީ ހާޑް ޑިސްކެއް ހިމެނޭ އާލާތެކެވެ.

މީޑިއާ ނެޓުން ބުނީ ކަރޯކޭގެ ހިދުމަތް މިހާރު އެމް580އިން ލިބެން ހުންނާނެ ކަމަށާއި ކަރޯކޭ މައިކު މީޑިއާނެޓުގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ.

"އިންޓަނެޓް އާ ގުޅިފައި ހުންނަންޖެހޭނީ. އޭރަށް އެޕްލިކޭޝަން ޑައުންލޯޑު ވާނީ،"

ރާއްޖޭގެ ހުރިހާ ހިސާބުތަކަށް މީޑިއާނެޓްގެ ޚިދުމަތް ފުޅާކޮށްފައި ވާއިރު، މިހާރުވެސް ގާތްގަނޑަކަށް 25000 ކަސްޓަމަރުން އެ ކުންފުނިން އެޗްޑީ ކޮލިޓީގައި ޓީވީގެ ހިދުމަތް ބޭނުންކުރެ އެވެ.