"ސަން އޮންލައިން" އިން މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ކިޔުންތެރިންނަށް ހުޅުވާލާ ތިން މުބާރާތަކުން އުމުރާ ދަތުރަކާއި އެތައް އަގުހުރި އިނާމްތަކެއް ދޭން ހަމަޖައްސައިފި އެވެ.

"ސަން"ގެ ރޯދަހާއްސަ އެޑިޝަންއިން ކިޔުންތެރިންނަށް ބައިވެރިވެވޭ ގޮތަށް މިއަދުން ފެށިގެން ރޯދަ މަސް ނިމެންދެން ހުޅުވާލަނީ، ދީނީ ސުވާލާއި ޖަވާބު މުބާރާތަކާއި އަރަތް، އަދި "މިއީ ކާކު" އެވެ.

ރޯދަޔާ ސުވާލު މުބާރާތުގައި ރޯދަ މަސް ނިމޭއިރު އެންމެ ގިނަ ރަނގަޅު ސުވާލު ދިމާކުރާ ފަރާތަކަށް ދެނީ އުމްރާ ދަތުރެކެވެ. އެ އިނާމަކީ، އަސްކޮއި ޓްރެވަލް ސާވިސަސް ލިމިޓެޑް އިން ތިޔަ ކިޔުންތެރިންނަށް ދޭ ހަދިޔާއެކެވެ.

ކޮންމެ ދުވަހަކު ވެސް ސަންގެ ރޯދަ އެޑިޝަންގައި ގެނެސްދޭ އަރަތް އެންމެ ގިނައިން ދިމާ ކުރާ ފަރާތަކަށް ދޭނީ ޕްރޮކްސީ ފިހާރައިން ވިޔަފާރިކޮށްލަން، 30،000 ރުފިޔާގެ ވައުޗަރެކެވެ. ޕްރޮކްސީ ފިހާރަ އަކީ ކާޕެޓާއި ދޮރުފޮތި ވިއްކަން އެއް ނަމްބަރު ފިހާރަ އެވެ.

ކޮންމެ ދުވަހަކު ވެސް ގެނެސްދޭ "މިއީ ކާކު" ސެގްމަންޓްގައި ރަނގަޅު ޖަވާބު ދޭ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރިޔަކަށް ޓައިޑްސް ކެފޭގެ ހިތްގައިމު މާހައުލުން ފަސް މީހުންގެ ރޯދަ ވީއްލުމެއް ލިބޭނެ އެވެ. މިއީ އެ ކެފޭގެ މީރު ކެއުންތައް ރަހަބަލައިލަން އެކެފޭ އިން ދޭ ރަނުގެ ފުރުސަތެކެވެ.

މުޅި ރޯދަ މަހުގައި "މިއީ ކާކު" ސެގްމަންޓުން އެންމެ ގިނަ ޖަވާބު ދިމާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް "މަންތާ އެއާ"އިން ދަތުރު ކުރާ ކޮންމެވެސް އެއް މަންޒިލަކަށް ދަތުރުކޮށްލަން ދެކޮޅު ޓިކެޓް ދޭނެ އެވެ.

ސަންގެ މެނޭޖާ މާކެޓިން އެންޑް ސޭލްސް އަހުމަދު މުސްލިމް ވިދާޅުވީ، ރޯދަ މަހާ ދިމާކޮށް ސަންއިން މި ހުޅުވާލާ މުބާރާތްތަކަކީ ކިޔުންތެރިންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. މިއީ، ކިޔުންތެރިންނަށް އަގު ހުރި އިނާމްތަކެއް ހޯދާލަން ލިބޭ ފުރުސަތެއްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"މިއީ އަޅުގަނޑުމެންގެ ސްޕޮންސަރުންގެ ވަރަށް ވެސް ބޮޑު ހެޔޮ އެދުންތަކާ އެކު އަޅުގަނޑުމެން ތިޔަ ކިޔުންތެރިންނަށް ދޭ ރޯދަ ހަދިޔާއެއް. މުބާރާތްތަކުގައި ވީހާ ވެސް ގިނަ ކިޔުންތެރިން ބައިވެރިވާނެ ކަމަށް އުންމީދު ކުރަން. ކިޔުންތެރިންނަށް މި މުބާރާތްތައް ކަމުދާނެ ކަމަށް ހީކުރަން،" މުސްލިމް ވިދާޅުވި އެވެ.

ސަންގެ ރޯދަ ހާއްސަ އެޑިޝަނުން އަންނަނީ ކޮންމެ ދުވަހަކު ވެސް ކިޔުންތެރިންނަށް ޝައުގުވެރި ތަފާތު ކޮންޓެންޓްތަކެއް ގެނެސްދެމުން އެވެ.

އެގޮތުން މޫދު ކުޅިވަރަށް ހިތްދޫވެފައިވާ މީހުންގެ ވާހަކަ ކިޔައިދޭ "މޫދު މަދިރި" އާއި ސެލަބްރިޓީންގެ ނުދައްކާ ވާހަކަ ގެނެސްދޭ، "ރެޕިޑް ފަޔާ" އަދި އުރީދޫގެ ހެޔޮ އެދުންތަކާ އެކު ގެނެސްދޭ ކައްކާ ޝޯ "އުރިދޫ ބަދިގެ" ފާހަގަކޮށްލެވެ އެވެ. އިންތިޒާރުކޮށްލާށެވެ! އަދިވެސް ޝައުގުވެރި އެތައް ބައެއް އޮތީ އެވެ.