06 Jun 2019, 19:56
މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ފަސް މިލިއަނަށް ވުުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިގޮތުން މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި 5,644,118.00 ރުފިޔާ ލިބުނެވެ.
ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ފަގީރުންނަށް ބަހާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
މިއަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ފަރާތަކަށް 5000 ރުފިޔާ ދީފައިވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ފިތުރު ޒަކާތް ބެހިއިރު ފަގީރަކު ނެތިގެން ރާއްޖޭގެ ބައެއް ރަށްރަށުން ވަނީ ޒަކާތް އެހެން ރަށްރަށަށް ފޮނުވައިފައެވެ. އޭގެ ތެރޭގައި ބ. އަތޮޅުގެ ހަ ރަށެއް ހިމެނެއެވެ.
އެހެން ރަށްރަށަށް ޒަކާތް ފޮނުވި ބ. އަތޮޅުގެ ރަށްތަކުގެ ތެރޭގައި ފެހެންދޫ، ފުޅަދޫ، ދޮންފަނު، ކިހާދޫ ،ކެންދޫގެ އިތުރުން ކުޑަރިކިލު ހިމެނެއެވެ. އެ ރަށްތަކުން ޒަކާތް ބަހައިފައިވަނީ އެ އަތޮޅުގައި ފަގީރުން ތިބި އެހެން ރަށްތަކަށެވެ.