17 Jun 2019, 12:09
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕު (ޕީޖީ) ގެ އިންތިހާބު އަންނަ މަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، އެޕާޓީގެ ޕީޖީ އިންތިހާބު ބޭއްވުމަށް ހަމަ ޖެހިފައިވަނީ، އަންނަ މަހު ދެ ވަނަ ދުވަހުގެ ހަވީރު 4:00 އިން 5:00 އަށް ކަމަށެވެ.
ޕީޖީ ލީޑަރާއެކު ޖުމްލަ ހަ މަގާމަކަށް 10 މެމްބަރަކު ހޮވުމަށް ބާއްވާ މި އިންތިހާބުގައި އެޕާޓީގެ 65 މަޖިލިސް މެމްބަރުންނަށް އެ މަގާމުތަކަށް ކުރިމަތިލުމަށް މިއަދު ވަނީ ހުޅުވާލާފައެވެ.
އެމްޑީޕީ ޕީޖީ އަށް އިންތިހާބު ކުރާ މަގާމުތަށް:
ޕީޖީ ލީޑަރު
- ޕީޖީ ޑެޕިއުޓީ 2 ލީޑަރުން
- އާމީން އާންމު
- އަމީން އާންމުގެ ނައިބު
- ޗީފް ވިޕް
- 6 ވިޕުން
މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވަނީ މި މަހުގެ 30 ވަނަ ދުވަހަށެވެ.