ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ނެރުނު އިއުލާނުގައި ބުނީ ވަކީލުކަމުގެ ހުއްދައަަށް އެދުމުގެ ފުރުސަތު ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

ވަކީލުކަމުގެ ހުއްދަ ޖުޑީޝަރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް އެ އިއުލާނުގައިވެއެވެ.

މިއަހަރުގެ ތެރޭގައި ވަނީ ގިނަ އަދަދެއްގެ ބޭފުޅުންނަށް ގާނޫނީ ވަކީލުކުރަން ކުރުމުގެ ހުއްދަ ދީފައެވެ.

މިދިޔަ އަހަރު ޑިސެމްބަރުމަހު މަޖިލީހުން ވަނީ ހަމައެކަނި ޝަރީއާ ކިޔަވައިގެން ގާނޫނީ ވަކީލުކަން ނުކުރެވޭގޮތަށް ބިލެއްވެސް ހުށަހެޅިއެވެ. އަދި އެ ފަދަ ފަރާތްތަކުން ގާނޫނީ ދާއިރާއިން އަލުން ޑިގްރީ ހާސިލްކުރަން ޖެހެއެވެ.

ނަމަވެސް ވަކީލުކަމުގެ ހުއްދަ މިހާރު އޮތް އެއްވެސް ވަކީލެއްގެ ހުއްދަ ބާތިލް ނުވާނެ ގޮތަށް ގާނޫނީ ޚިދުމަތުގެ ބިލް ބަދަލު ކުރަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ވިދާޅުވެފައެވެ.