އދ. މަންދޫގެ ހުޅަނގުން 111 ނޯޓިކަލް މޭލް ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އޭނާއަށް ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު ހެނދުނު 09:47 ހާއިރު އެވެ.

އެމްއެންޑީއެފްނު ބުނީ ލޮލަށް ބުޅި ހެރިފައި ވަނީ 'ދިރާސާ' ނަމަކަށް ކިޔާ ފ. ފީއަލީގެ ދޯންޏެއްގައި ހުރި 57 އަހަރުގެ ދިވެއްސަކަށް ކަމަށެވެ.

ނަމަވެސް އޭނާ މާލެ ގެނެވޭނީ ކިހާއިރަކު ކަމެއް އަދި އެނާގެ ހާލު ސީރިއަސް ކަމެއް އަދި ނޫން ކަމެއް ވެސް އެމްއެންޑީއެފުން ނުބުނެ އެވެ.