02 Jul 2019, 19:23
އައްޑޫ ސިޓީ ހިތަދޫގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނައްޓާލައި ގަސް އިންދާ ޕޮޓެއްގައި ޖެހި އެކްސިޑެންޓުވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު 17:15 އެހާކަން ހާއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 20 އަހަރުގެ ޒުވާނަކަށް ކަމަށެވެ. އޭނާގެ އަތުގައި ލައިސެންސް ނެތްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި އިތުރު އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.
އަނިޔާވި ޒުވާނާއަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.