03 Jul 2019, 11:25
ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަސްތެރޭ ނެޝަނަލް ޑިވެލޮޕްމަންޓް މާސްޓަ ޕްލޭން ނުވަތަ ގައުމީ ތަރައްގީގެ ޕްލޭން އާންމު ކުރާނެ ކަމަށް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ޕްލޭންގެ ފުރަތަމަ ޑްރާފްޓު މިހާރު ތައްޔާރުކޮށް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ކެބިނެޓް އެލައިން ވުމަށްޓަކައި ކުރެވޭ މަސައްކަތް ކަމަށެވެ.
"މަހެއް ދޮޅުމަހެއްހާ ދުވަސް ތެރޭގައި އާންމު ކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލަނީ ދުރު ރާސްތާގައި ރާއްޖެއަށް އެންމެ ބޭނުންވާނެ ކަންކަމަކީ ކޮބައިތޯ ބަލައި، އެކަންކަން ހިމަނައިގެން ނެވެ.
އެ ޕްލޭނާއިއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެންނާނެ ބަދަލުތައް ދުރާލައި ދެނެގަނެވި، ޕްލޭންތައް ހެދިގެންދާނެއެވެ.