ރާއްޖޭގެ ވަގު ޕާސްޕޯޓްތަކެއް ބޭނުންކޮށްގެން ގައުމުތަކަށް އެތެރެވުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް އިމިގްރޭޝަންއިން ބުނެފި އެވެ.

އިމިގްރޭޝައިން އެފަދައިން ބުނިއިރު ޓިއުނީޝިއާއަށް ޖާސޫސް ކުރަން ދިޔަ ބަޔަކު ރާއްޖޭގެ ޕާސްޕޯޓްތަކެއް ބޭނުންކޮށްގެން ހައްޔަރުކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

އެ މައްސަލައާ ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ ވަގު ޕާސްޕޯޓްތައް ގެންގުޅުނު މައްސަލައިގެ ތެދުދޮގު ކަމާބެހޭ ފަރާތްތަކާ ގުޅައިގެން މިހާރު ބަލަމުންދާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގެ ޕާސްޕޯޓަކީމުޅި ދުނިޔޭގައިވެސް އެންމެ ފަހުގެ ސެކިއުރިޓީ ފީޗާސް ހިމަނައިގެން ނަކަލު ނުކުރެވޭނެ ގޮތަސް ހަދައިފައިވާ ޕާސްޕޯޓް އެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ޕާސްޕޯޓެއް ބޭނުންކޮށްގެން އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ އިމިގްރޭޝަން ސިސްޓަމްތަކުން އެތެރެވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގެ ވަގު ޕާސްޕޯޓް ގެންގުޅުނު މީހުން ޕޮލެންޑާއި ޔުކްރޭންގެ ވަގު ޕާސްޕޯޓްތަކެއް ގެންގުޅުނު ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.