18 Jul 2019, 16:12
ދިވެހި ފަންނުވެރިންނަށް ފަރިތަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ނޭޝަނަލް ސެންޓާ ފޮ ދި އާޓްސްއިން ނެށުންތެރިންނަށާއި ސަގާފީ އަދި ޒަމާނީ މިއުޒިކް ގްރޫޕްތަކާއި ސޯލޯ މިއުޒީޝަނުންނަށް އޮލިމްޕަހުގައި ފަރިތަކުރާނެ ކޮޓަރި ދޫކުރުމަށް ނިންމައިފިއެވެ.
ނޭޝަނަލް ސެންޓާ ފޮ ދި އާޓްސްއިން ބުނީ ފަރިތަކުރާނެ ކޮޓަރި ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 22 ވާ ހޯމަ ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގައި 13:30 ން 15:30 ށް 16:00 ން 18:00 އަށް ކަމަށެވެ. އަދި ރޭގަނޑު 20:30 ން 22:30 އަށެވެ. ހޮނިހިރު ކޮޓަރި ދޫކުރާނީ އެ ދުވަހު ހަވީރު ދުވަހު 16:00 ން 18:00 ށް އަދި 20:30 ން 22:30އަށް ކަމަށްވެސް އެ ސެންޓަރުން ބުންޏެވެ.
ފަރިތަކުރާނެ ކޮޓަރި ބޭނުންފުޅުވާ ފަރާތްތަކުން އެންސީއޭގެ ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކުރެއްވުމަށްފަހު ފަރިތަކުރާނެ ކޮޓަރި ހޯދުމަށް އެދޭ ފޯމު ފުރިހަމަކޮށް އެންސީއޭ އަށް ހުށައަޅަން އެންސީއޭއިން އެދެއެވެ.