25 Jul 2019, 13:57
ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމަށް ބުނެ ފ. ފީއަލިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފީއަލީގެ އާންމް މިންގަނޑާ ހިލާފުވެ އަދި ރަށުގެ މަސްލަހަތު ނަގާލަން ބަޔަކު މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަށް ކުރި މަސައްކަތުން ފުލުހުންގ ވާޖިބަށް ހުރަސް އަޅައި އިންޒާރު ދިން ކަމަށެވެ.
އަދި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 40،42،43 އަދި 46 އަހަރުގެ މީހުން ކަމަށް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ އިތުރަށް ތަހުގީގްކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފީއަލީގެ ކައުންސިލްގެ މުހައްމަދު ޖަލީލް "ސަން" އަށް މައުލާމާތު ދެއްވަމުން ވިދާޅުވީ އެ ހާދިސާ ކުރިއަށް އޮތް ބޮޑު އީދުގައި ސަގާފީ ކުޅިވަރުތައް އެރަށުގެ ބަނދަރު ސަރަހައްދުގައި ބޭއްވުމާމެދު ފީއަލި އެކުވެރި ޒުވާނުންގެ ޖަމިއްޔާއާއެކު އުފެދުނު ހަމަނުޖެހުންތަކުގެ ތެރެއިން ކަމަށެވެ.
އެ މައްސަލައިގައި އެ ކައުންސިލްގެ މެމްބަރުންނަށް މަރުގެ އިންޒާރު ދީ ހަދައިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.