29 Jul 2019, 14:50
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެއްހިއްޖެ އެވެ.
އަންނަ މަހުގެ ދެވަނަ ދުވަހުން ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އެމަނިކުފާނު ސީޝެލްސްއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅަކީ އެގައުމުގެ ރައީސް ޑެނީ ފޯގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އެ ދައުވަތު ރައީސް ސޯލިހަށް އެރުއްވީ ސީޝެލްސްގެ ސެކެޓްރީ އޮފް ކެބިނެޓް އެފެއާޒް އަދި އެގައުމުގެ ރައީސްގެ ހާއްސަ މަންދޫބު މުހައްމަދު އަފީފް އެވެ. އޭނާ އެ ދައުވަތު އެރުއްވީ މި މަހުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ޒިޔާރަތުގަ އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުފުޅުގައި ރާއްޖެއާ ސީޝެލްސްއާ މެދު މެމަރަންޑޮމް އޮފް އަންޑަސްޓޭންޑިންތަކެއްގައި ސޮއިކުރާނެ ކަމަށެވެ. އަދި އެކި ދާއިރާތަކާ ގުޅޭ މަޝްވަރާތައް ކުރާނެ ކަމަށެވެ.