އެނބޫދޫ ފިނޮޅު ކައިރިއަށް ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ތިން މީހަކު ސަލަމާތް ކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ޑިންގީއެއް ބަންޑުންޖަހާލައިގެން އެކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އަދި އެ ޑިންގީގައި ތިބި ތިން މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، ބަންޑުން ޖަހާލާފައި އޮތް ޑިންގީ ފެނުނީ ތާޖް އެގްޒޯޓިކާއަށް ދިޔަ ލޯންޗަކަށް ކަމަށާއި އޭގައި އަދި ކަނޑުވެެފައި ތިބި ތިން މީހުން ވެސް ނަގާފައި ވަނީ އެ ލޯންޗުން ކަމަށެވެ.

ޑިންގީ ބަންޑުން ޖަހާލިއިރު އޭގައި ތިބި ތިން މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

މު ދުވަސްވަރަކީ ރާއްޖޭހެ ހުރިހާ ސަރަހައްދަކަށް ވެސް ކަނޑު ގަދަވެ ގަދަ ވަޔާއި އެކު ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. އެހެން ކަމުން ހާއްސަކޮށް ކަނޑުދަތުރު ކުރުމުގައި ސަލާމަތީ ކަންކަން ފުރިހަމަކޮށް މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފަ އެވެ.