އައްޑޫ ސިޓީ މަރަދޫގައި ޒަހަމްތަކަކާ އެކު އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ، ޒަހަމްތަކަކާ އެކު އޮތް މީހާ ފެނިފައި ވަނީ، އައްޑޫ މަރަދޫ ފުއްޓަރުފަރާތުން މިއަދު ހަވީރު 3:30 އެހާކަންހާއިރު ކަމަށެވެ. އަދި އެ މީހާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި، ފެންނަ ފެނުމަށް އޭނާޔަަށް ބަޔަކު ވަނީ އަނިޔާކޮށްފަ އެވެ. އަދި އޭނާގެ ގައިގެ އެތަން މިތަނުން ޒަހަމްތައް ފެންނަން ހުއްޓެވެ.

މައްސަލައިގައި ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.