ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މަޖިސްޓްރޭޓް މުހައްމަދު ހަނީފް އަބްދުލްކަރީމަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ކޮމިޓީން އިން ނިންމައިފި އެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެޖިސްޓްރޭޓް ހަނީފް އާ ގުޅިގެން ހުށަހެޅުނު ޝަކުވާ ތަހުގީގުކުރި ކޮމިޓީން ހުށަހެޅި ރިޕޯޓު ބަލައިގަތުމަށް އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

މައްސަލާގައި ތަހުގީގު ރިޕޯޓުގައި ހުށަހަޅާފައި ވަނީ މެޖިސްޓްރޭޓް ހަނީފަށް ނަސޭހަތްތެރިވުމަށް ކަމަށެވެ.

އެގޮތަށް ނިންމުމާ ގުޅިގެން ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވުމަށް 30 ދުވަހުގެ މުއްދަތު މާދަމާ އިން ފެށިގެން ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ނަސޭހަތްދެނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެ ކޮމިޝަނުން ހާމައެއްނުކުރެ އެވެ.