ހޮލީވުޑްގެ ކާމިޔާބު ފިލްމީތަރި ވިލް ސްމިތް 50، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ހަބަރުތައް ބުނާގޮތުގައި ވިލް ސްމިތް ރާއްޖެ އައިސްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އާއިލާ އާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރި ނަމަވެސް އޭނާ ޗުއްޓީ ހޭދަކުރާ ރިސޯޓެއް ހާމަކޮށްފައެއް ނުވެ އެވެ.

ވިލް ސްމިތް އަކީ ހޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ.

އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 1992 ވަނަ އަހަރު ނުކުތް ކާޓޫން "އަލާއްދީން"ގެ ރީމޭކް އިންނެވެ. މި އަހަރު އެ ފިލްމު ސްކްރީނުގައި އަޅުވާފައިވާއިރު އެ ފިލްމަށް ވަނީ ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައެވެ. އަލާއްދީންގައި ވިލް ސްމިތް ކުޅެފައިވަނީ "ޖިނީ"ގެ ރޯލެވެ.