08 Sep 2019, 20:47
މަނާކޮށްފައިވާ ތެލެސީމިއާ ބޭހެއް ތެލެސީމިއާ ކުދިންނަށް ދޭތީ ސަމާލުވުމަށް ރާއްޖޭގެ ޑޮކްޓަރެއްކަމަށްވާ ޑރ. އަހުމަދު ފައިސަލް އިލްތިމާސްކުރައްވައިފި އެވެ.
ޑރ. ފައިސަލް "ސަން" އަށް މިއަދު ވިދާޅުވީ މިހާރަކަށް އައިސް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދެމުގައި ކްރޮސްމެޗް ދިމާނުވުމުން އިންޑިއާގެ ހޮސްޕިޓަލަށް ގޮސް އެހެން ފަރުވާއެއް ނަގަމުންދާ ކަމަށެވެ.
" އެ ހޮސްޕިޓަލްއިން މި ނަގަނީ ޓްރަޔަލް ފަރުވާއެއް. ވާގޮތަކީ ލޭގެ ހުރޭ ދެ ވައްތަރެއް ފީޓަލް ހިމޮގްލޮބިންއާ އެޑަލްޓް ހިމޮގްލޮބިން. ދެން ފީޓަލް ހިމޮގްލޮބިން ގިނަ ދުވަހު ހުންނާނެ. އެޑަލްޓް ހިމޮގްލޮބިން ވަރަށް އަވަހަށް ހަލާކުވާނެ. ދެން މި ހަދާ ގޮތަކީ ފީޓަލް ހިމޮގްލްބިން ގިނަ ކުރަން ބޭހެއް ދެނީ. އޭރުން ލޭ އަޅަން ޖެހޭ މުއްދަތު ކުރުވާނެތާ." ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އެ ހޮސްޕިޓްލްއިން ދެނީ ތަލިޑޮމިޑް ކިޔާ ބޭހެއް ކަމަށެވެ. އަދި އެ ބޭހަކީ ކުރިން މާބަނޑު މީހުން ހޮޑުލާތީ ދިން ބޭހެއް ކަަމަށާއި އެ ބޭސް ބޭނުންކުރުމުން ދަރިފުޅު އައިބުވާތީ އެ ބޭސް މަނާ ކޮށްފައިވާ ކަމަށެވެ.
"ތެލިޑޮމައިޑް ބޭނުންކުރާ ރާއްޖޭގެ ތެލަސީމިއާ ކުދިންނާއި ބެލެނިވެރިން ވިސްނަންޖެހޭނީ ކުދިންގެ ސަލާމަތަށް ގޮތްބަލަންކުރާ ދިރާސާއެއްގައި އަމިއްލައަށް ބައިވެރިވިޔަސް، ނުރައްކާވީމާ ދިރާސާއިން ވަކިވުން އޭގެބައިވެރިން ދަސްކުރަންޖެހޭ" ފައިސަލް ވިދާޅުވި އެވެ.
ފަހަކަށް އައިސް ތެލެސީމިއާ ގިނަ އަދަދެއްގެ ކުދިން ވަނީ މަރުވެފަ އެވެ. އެކަމަކު އެގޮތަށް ދިމާވީ އެ ފަރުވާގެ ސަބަބުން ކަމެއް ނޭނގެ އެވެ.