25 Sep 2019, 23:38
އިސްލާމްދީނަށް ފުރައްސާރަކޮށް ފޭސްބުކްގައި ހިންގަމުންދިޔަ ޕޭޖް އެންމެ ފަހުން ބްލޮކްކޮށްފިއެވެ.
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެ ޕޭޖް ބްލޮކްކޮށްފައިވާކަން ޔަގީންކޮށްދެެއްވައިފައެވެ.
"ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް ޕޭޖް މިހާރު ވަނީ ބަންދުކުރެވިފައި. އަޅުގަނޑުމެންގެ އިލްތިމާސްއަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭގެ ތަރަހައިގެ ތެރޭގައި ބޭނުންކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މަލީހް އިއްޔެ ވިދާޅުވީ ދީނަށް ފުރައްސާރަކޮށް "ހޭޓް ސްޕީޗް" ފެތުރުމަކީ ފޭސްބުކްއިން ގެންގުޅޭ އުސޫލުތަކާ ތައާރަޒުވާ މަަައްސަލައެއް ކަމަށާއި އެ ޕޭޖް ބުލޮކް ކުރުމަަށް ފޭސްބުކްގައިވެސް އެދުނު ކަމަށެވެ.
ބްލޮކްކުރި ޕޭޖްގައި އިސްލާމް ދީނަށާއި ރަސޫލައަށް ވަރަށް ގިނައިން ފުރައްސާރަކޮށްފައި ދިވެހި ބަހުން ހުންނަ ޕޯސްޓްތައް ހުރެއެވެ. އަދި އެ ޕޭޖް މިއޮއްހާދުވަހު ބްލޮކްކޮށްފައިނުވާތީ ގިނަ ބަޔަކު ދިޔައީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އެ ޕޭޖް ބްލޮކްކުރިއިރު ޓެރަރިޒަމާއި ދީނީ ހަރުކަށިކަން ފެތުރުމުގައި މީސް މީޑިއާ ޕްލެޓްފޯމްތަކާއި އެހެން ވެސް އޮންލައިން ޕްލެޓްފޯމްތައް ބޭނުން ކުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. ގައި އިއްޔެ ވަނީ ގޮވާލައްވައިފަ އެވެ.