26 Sep 2019, 17:45
ހުޅުމާލޭގެ ސްޕޯޓްސް ކޮމްޕްލެކްސްގައި އަލަށް ހެދި އިންޑޯ ސްވިމިން ޓްރެކް ރަސްމީކޮށް އިއްޔެ ބޭނުންކުރަން ފެށުމާ ގުޅިގެން ފަރިތުކުރުންތައް ކުރިޔަށްގެންދިޔުމަށް އިންޑޯރ ޕޫލެއްގެ އިންތިޒާރުގައި ތިބި ގައުމީ ފަތާ ޓީމުތަކުގެ ކުޅުންތެރިން ދެކެމުންއައި ހުވަފެން ހަގީގަތަކަށް ވެއްޖެއެވެ.
ހުޅުމާލޭ ސްޕޯޓްްސް ކޮމްޕްލެކްސްގައި ގާއިމުކޮށްފައިވާ މި ސްވިމިންގް ޕޫލް އިއްޔެ ފުރަތަމަ ފަހަރަށް ބޭނުން ކުރަން ފަށާފައިވާ އިރު މީގެ ކުރިން މީގެކުރިން ބޭނުންކުރަމުން އައި މާލޭ ޓްރެކް ސަރަހައްދެއެވެ. އެހެން ކަމުން އަލަށް މި ހެދުނު ޕޫލާ އެކު ފެތުންތެރިން މީގެ ކުރަމުން އައި ބޮޑެތި ޝަކުވާތަކަށް މިހާރު މިވަނީ ކޮންމެސް ވަރެއްގެ ހައްލެއް ލިބިފަ އެވެ.
ފެތުންތެރިން މީގެ ކުރިން ކުރަމުން އައި އެންމެ ބޮޑު ޝަކުވާ އަކީ ބައިނަލް އަގުވާމީ މުބާރާތްތަކަށް ދާ އިރު ފަތަން ފަރިތަކުރާނެ ޓްރެކެއް ނެތުމުގެ ޝަކުވާއެވެ. މާލޭ ޓްރެކް ސަރަހައްދުގައި ހެދިފައި އޮތް ޓްރެކަކީ މޫސުމާ އެކު ބައެއް ފަހަރަށް ފެތުމުގެ ތަމްރީންތަކަށް ބޭނުން ކުރެވޭނެ ޓްރެކެއް ނޫނެވެ. އެހެން ކަމުން އިއްޔެ ހުޅުވި މި ޓްރެކާ އެކު ފެތުން ތެރިންނަށް ރަނގަޅު ތަމްރީންތަކެއް ލިބޭނެ ކަމަށް އެކުޅުންތެރިން ވަނީ ބުނެފަ އެވެ.
ހުޅުމާލޭ ސިންތެޓިކް އެތުލެޓިކްސް ޓްރެކް ކައިރީގައި އެޗްޑީސީން ހެދި ކޮމްޕްލެކްސްގައި ފަސް ލޭނުގެ ޕޫލަކާއި ޗޭންޖިން ރޫމްތަކާއި ކުޅިބަލާ މީހުން ތިބޭނެ ގޮނޑިބަރިއެއް ވެސް ހުރެ އެވެ.
ނަމަވެސް މި ޓްރެކަކީ ގައުމީ މުބާރާތްތައް ބޭއްވޭނެ ޓްރެކެއް ނޫނެވެ. އެއީ ވޯމްއަޕް ޕޫލެއް ނެތުމުންނާއި މިތަނުގައި އޮތީ ފަސް ލޭން ކަމަށް ވުމުންނެވެ. މުބާރާތްތަކުގެ ކޮންމެ ހީޓެއްގައި އަށް ފެތުންތެރިން ވާދަކުރާނެތީ ފަސް ލޭނަކުން ނުފުދޭނެ އެވެ.
ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް މީގެ ކުރިން ވިދާޅުވީ އެތަން ގައުމީ ފެންވަރުގެ މުބާރާތް ނުބޭއްވޭނެ ކަމަށް ވިޔަސް މާލޭގައި ބިނާ ކުރާ އޮލިމްޕިކް ސައިޒުގެ ސްވިމިންގް ޕޫލަކީ ބައިނަލް އަގުވާމީ ފެންވަރުގެ މުބާރާތްތައް ވެސް ބޭއްވޭނެ ޓްރެކަކަށް ވާނެ ކަމަށެވެ.
މިއަދު ރަސްމީކޮށް ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ޓްރެކް ހުޅުވާލި ނަމަވެސް އާންމުންނަށް އަދި ހުއްދ ނުދޭ ކަމަށް ސްވިމިންގް އެސޯސިއޭޝަނުން ބުނެއެވެ. އެ އެސޯސިއޭޝަނުން ބުނީ އެކަމަށް ބޭނުންވާ އެގްރީމެންޓުތައް ނިމުމުން އާންމުންނަށް ވެސް މުސްތަގުބަލުގައި ހުޅުވާލާނެ ކަމަށެވެ.
ހުޅުމާލޭގައި ގާއިމުކޮށްފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯ ސްވިމިންގ ޕޫލް އަކާއި ޖިމެއްގެ އިތުރުން ބޯލިންގ އެރީނާ އަކާއި ޕޫލް ބިލިއާޑް ސަރަހައްދެއް ވަނީ ހިމަނާފައިއެވެ. އަދި މީގެއިތުރުން އިތުރު ކުޅިވަރުތައް ކުޅުމަށް ތަންތަން ތަރައްގީކުރެވޭނެ ގޮތަށް ހުސް ސަރަހައްދުތަކެއްވެސް ހިމެނެއެވެ.