ރޭ ދަންވަރުގެ ވަގުތެއްގައި ހދ. ނޮޅިވަރަމް ސްކޫލުގެ ކްލާސްރޫމްތަކަކަށް ކަޅުތެޔޮ ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ރޭ އެ ސްކޫލުގެ ތިން ކްލާސްރޫމަކަށް ކަޅު ތެޔޮ ޖަހާފައިވާ ކަމަށާއި، އެއީ ވަގުތީ ކްލާސްރޫމް ތަކެއް ކަމަށެވެ.

ކްލާސްރޫމްތަކުގައި ހުރި ބޯޑަށާއި، ގޮނޑިތަކާއި ޑެސްކުތަކަށް ވަރަށް ބޮޑަށް ވަނީ ކަޅުތެޔޮ ޖަހައިފައެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 06:45 ހާއިރު ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.