ސްޓާ ޕްލަސްއިން ދައްކަމުން އަންނަ މަޝްހޫރު ހިންދީ ޑްރާމާ ސިލްސިލާ "ޔޭ ހޭ މޮހޮއްބަތޭން"އިން ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކަރަން ޕަޓޭލްގެ އަންހެނުން އަންކިތާ ބަނޑުބޮޑު ކަމަށް ހަބަރުތައް ބުނަން ފަށައިފި އެވެ.

ކަރަންގެ ގާތް ފަރާތަކު އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އަންކިތާ މިހާރު ބަނޑުބޮޑު ކަމަށާއި އޭނާގެ ބަނޑަށް މިހާރު ހައެއްކަ މަސްދުވަސް ވެދާނެކަމަށެވެ. އަދި އަންކިތާގެ ހާލު ރަނގަޅުކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި ކަރަން މިހާރު ބޭނުންވަނީ ގިނަ ވަގުތު އަނބިމީހާ އާ އެއްކޮށް ވަގުތު ހޭދަކުރުމަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކަރަން ވަނީ ދާދިފަހުން "ޔޭ ހޭ މޮހޮއްބަތޭން" ދޫކޮށްލާފައެވެ. ބެލެވޭ ގޮތުގައި އެ ޑްރާމާ އިން އޭނާ ވަކިވީ އަންހެނުން ބަނޑުބޮޑުވުމުންނެވެ.

މީގެ ކުރިންވެސް އަންކިތާ ބަނޑުބޮޑު ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް އެފަހަރު އޭނާގެ ބަނޑަށް ހަތަރުމަހު ދަރިފުޅު ވަނީ ބައިގެން ގޮއްސައެވެ.

ކަރަން އާއި އަންކިތާ ކައިވެނިކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ. މި ދަރިފުޅު ވެގެންދާނީ އެދެމަފިރިންގެ ފުރަތަމަ ދަރިފުޅަށެވެ.