02 Oct 2019, 18:07
ސައުދީގެ މައި ތެޔޮ ކާރުހާނާ އަރަމްކޯއަށް ހޫތީން ދިން ވަރުގަދަ ހަމަލާގައި ލިބުނު ގެއްލުމުގެ ވާހަކަ ދައްކަނީ ބޮޑުކޮށްލައިގެން ކަމަށްވެސް އީރާންއިން ބުނެފިއެވެ.
އީރާންގެ ތެލާބެހޭ ވަޒީރު ބިޖާން ޒަންގަނޭ ވިދާޅުވީ އަރަމްކޯއަށް ދިން ހަމަލާގައި ސައުދީން ދުވާލަކު އުފައްދަމުން އައި ތެލުގެ ދެބައިކުޅަ އެއްބައި ހުއްޓުމަކަށް އައިކަމަށް ބުނި ނަމަވެސް އެކަން ގަބޫލުނުކުރެވޭ ކަމަށެވެ.
އަރަމްކޯއަށް ދިން ހަމަލާގައި 5.7 މިލިއަން ފީފާގެ ތެޔޮ އުފެއްދުން ހުއްޓުނު ކަމަށް ސައުދީން ބުންޏެވެ.
އަދި އެފަދައިން ސައުދީން ވާހަކަ ދައްކަނީ ދުނިޔޭގެ ތެލުގެ މާކެޓަށް ބޮޑު ލޮޅުމެއް އައިކަމަށް ދެއްކުމުގެ ބޭނުމުގެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރަމްކޯގެ ހަމަލާއަށް ފަހު ކުރިއެކޭ އެެއްވަރަށް ތެޔޮ އުފައްދަން މަސްތަކެއް ނަގާނެ ކަމަށް ބުނި ނަމަވެސް މިދިޔަ މަސް ނިމުނުއިރު ކުރިއެކޭ އެއްގޮތަށް ތެޔޮ އުފައްދަން ވަނީ ފަށައިފިއެވެ.
ސައުދީން ބުނީ އެގައުމުގެ ތެޔޮ ކާރުހާނާއަށް ދިނީ ހޫތީން ކަމަށްވިޔަސް އޭގެ ފަހަތުގައި އޮތީ އީރާން ކަމަށެވެ.
އެމެރިކާއިން ވަނީ އިރާންގެ ތެޔޮ ގަންނަ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށެވެ. އެކަމަށް ޕްރެޝަރު ކުރުމުގައި ސައުދީން ވަރަށް މުހިންމު ދައުރެއް އަދާކުރިއެވެ.
ނަމަވެސް ދާދި ފަހުން ސައުދީން ބުނީ އީރާނާ ސުލްހަވާން ތައްޔާރަށް އޮތް ކަމަށެވެ.