ފުޅާދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ކުރާ ރެޑްވޭވުން އަހަރީ ބާޒާރުގެ ނަމުގައި އަހަރު ފަހުކޮޅަސް ހާއްސަކޮށްގެން ސޭލް އެއް ފަށައިފި އެވެ.

ރެޑްވޭވުން ބުނީ މިއަދުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 15ގެ ނިޔަލަށް ކުރިއަށްގެންދާ މި ސޭލް މާލެ އާއި ހުޅުމާލޭގައި ހުންނަ ރެޑްވޭވުގެ ހުރިހާ ފިހާރައެއްގައި ކުރިއަށްގެންދާނެ ކަމަށެވެ.

މި ޕްރޮމޯޝަނުގައި ކަނޑައެޅިފައިވާ ވަކި އައިޓަމްތަކަކުން ބޮޑެތި ޑިސްކައުންޓުތައް ލިބޭނެ ކަމަށާއި ގުރުއަތުން ހިވޭ ފަރާތްތަކަށް އަގުހުރި ފައިސާގެ އިނާމުވެސް ލިބޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

އަހަރީ ބާޒާރުގައި ކުރާ ކޮންމެ 500 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް 10،000 ރުފިޔާ ލިބޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ. އަދި އިތުރު 10 ފަރާތަކަށް އިނާ،މުގެ ގޮތުގައި ރެޑްވޭވުން ވިއްކާ އިލެކްޓްރީނިކްސް، އަދި ފަރުނީޗަރު ލިބޭނެ ކަމަށްވެސް ރެޑްވޭވުން ބުންޏެވެ.

މީގެ އިތުރުންބޮޑެތި އިނާމްތަކެއް ލިބިގެންދާ ޙާއްސަ ޕްރޮމޯޝަންތަކެއް ސޯޝަލް މީޑިއާގައި ވެސް ކުރިއަށް ދާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

އަހަރުގެ ފަހުކޮޅަށް އަމާޒުކޮށްގެން ބާއްވާ މިޕްރޮމޯޝަނަށް މިދިޔަ އަހަރުވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި މިއަހަރުވެސް ބޮޑުތަރުހީބެއް ލިބޭނެކަމަށް އުއްމީދު ކުރާކަމަށް ރެޑްވޭވުން ބުންޏެވެ.