ސްކޫލު ދުވަސްވަރު ބޮލީވުޑްގެ ލެޖެންޑް ތަރި އަމީތާބު ބައްޗަން އަކީ ބޮކްސިންތަޅާ މީހެއްކަމަށް ހަބަރުތައް ބުނެފި އެވެ.

ހަބަރުތައް ބުނާގޮތުގައި ސްކޫލު ދުވަސްވަރު އަމީތާބު އަކީ ވަރަށް 'ސްޕޯޓީ' މީހެއްކަމަށާއި ވަކިން ހާއްސަކޮށް އޭނާ ބޮކްސިން އަށް ސްކޫލުދުވަސްވަރު ޝައުވެރިކަން ހުންނަކަމަށެވެ.

އިއްޔެ އަމީތާބުގެ 77 ވަނަ އުފަންދުވަސް ވަނީ ފާހަގަކޮށްފައެވެ. އެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަމީތާބު އާ އޭނާގެ އާއިލާ ވަނީ އެ މީހުންގެ ފޭނުންނާ ބައްދަލުކޮށްފައެވެ. އޭނާގެ އުފަންދުވަހާ ގުޅިގެން ފޭނުން އަންނަނީ އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ.

އަމީތާބު ބައްޗަން ފޭނުން އޭނާ އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަނީ---

އަމީތާބު އެންމެ ފަހުން ފެނިގެންދަނީ ތަގްސް އޮފް ހިންދުސްތާން އިންނެވެ. އެ ފިލްމުގައި އަމީތާބު އާ އެއްކޮށް ފެނިގެންދިޔައީ ލެޖެންޑަރީ ތަރި އާމިރު ހާނެވެ. ފިލްމުގައި އަންހެންގެ ތަރިންގެ ގޮތުގައި ފެނިގެންދާނީ ކެޓްރީނާ ކައިފް އަދި ފާތިމާ ސަނާ ޝެއިހް އެވެ.

އަމީތާބު ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޖުންދު" އިންނެވެ.