12 Oct 2019, 08:17
ދަރިއަކު ހޯދުމުގެ ވިސްނުމެއް އަދި ނެތް ކަމަށާއި މިވަގުތު ބޭނުންވަނީ ކެރިއަރަށް ފޯކަސްކުރަން ކަމަށް ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން ބުނެފިއެވެ.
ދީޕިކާ ބުނީ ދިރިއުޅުމުގައި އަދި ހާސިލްކުރަން ބޭނުންވާ ކަމެއް ހާސިލްނުވާ ކަމަށާއި މިހާރު ވިސްނުން ހުރީ އެކަން ހާސިލްކުރަން ކަމަށެވެ.
ދީޕިކާ ވަނީ 2015 ވަނަ އަހަރު ޑިޕްރެޝަން ބަލީގެ ޝިކާރައަކަށްވެފައެވެ.
"އަހަރެން ބޭނުން އަހަރެންނަށް ދިމާވި ކަންތައްތައް އެންމެންނަށް ކިޔައިދެން. އަހަރެން އެކަމަށް ހަނގުރާމަކުރި ގޮތުގެ ވާހަކަ. އޭރުން ދޯ އެމީހުންނަށް ވެސް އެކަންކަމުގައި ފައިޓްކުރަން އެނގޭނީ،"
ދީޕިކާ ބުނީ ވަގުތުޖެހުމާއެކު އެކަމައިގެން ވެސް އުޅޭނެ ކަމަށާއި ފޭނުންވެސް އެކަމަށް އިންތިޒާރުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"އަހަރެމެން ދެ މީހުންވެސް ކުޑަކުދިން ދެކެ ލޯބިވޭ. އެކަމަކު މިވަގުތު ފޯކަސް އިނީ ކެރިއަރަށް،"
އަދި ރަންވީރު އާއި ދީޕިކާ އަށް ފުލް ސަޕޯޓް ބެލުންތެރިންގެ ފަރާތުން ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ.
މިދިޔަ ނޮވެމްބަރު މަހު އިޓަލީގައި ކައިވެނިކުރި ދީޕިކާ އާއި ރަންވީރު ހަނީމޫން ހޭދަކުރީ ރާއްޖޭގެ ރިސޯޓެއްގައެވެ.