އިންޑޯނޭޝިއާގެ ޔޮގްޔަކާޓާގައި މި މަހު ބާއްވާ އައިއޭއޭއެފް ލެވެލް އެކެއްގެ ކޯޗިން ލެކްޗަރަ ކޯހުގައި ގައި ބައިވެރިވުމަށް އައްޑޫ އެތުލެޓިކްސް ޓްރެއިނިން ސެންޓަރގެ ކޯޗް ހަސަން ހަލީލް (ހައްލު) މިއަދު އިންޑޮނޭޝިޔާއަށް ފުރައިފިއެވެ.

ހައްލުއަކީ 2008 ވަނަ އަހަރުން ފެށިގެން ހިތަދޫ ސްކޫލްގެ އެތުލެޓިކްސް ކޯޗެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ހައްލު އަންނަނީ އައްޑޫ އެތުލެޓިކްސް ޓްރެއިނިން ސެންޓަރގެ ކޯޗެއްގެ މަސައްކަތް ކުރަމުންނެވެ. މިއަހަރު ހޮންގްކޮންގްގައި ބޭއްވި އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވި ރާއްޖޭގެ ގައުމީ ޓީމްގެ ހެޑް ކޯޗަކީވެސް ހައްލުއެވެ.

ހައްލު ވަނީ 2014 ވަނަ އަހަރު އައި އޭ އޭ އެފް ލެވެލް އެކެއްގެ ކޯޗިން ކޯސްފުރިހަމަ ކޮށްފައެވެ. އަދި 2017 ވަނަ އަހަރު ލެވެލް ދޭއްގެ ކޯޗިންގް ކޯސް ވެސް ހައްލުވަނީ ފުރިހަމަ ކޮށްފައެވެ.

ހައްލުގެ އިތުރުން އިންޓަރނޭޝަނަލް ކޯސް އޮފް އެތުލެޓިކްސް ކޯޗިން
ސައުތު ކޮރެއާގެ ޑައެގޫ ގައި މިމަހު ބާއްވާ "އިންޓަރނޭޝަނަލް ކޯސް އޮފް އެތުލެޓިކްސް ކޯޗިން" ގައި ބައިވެރިވުމަށް ގައުމީ ސްޕްރިންޓް ޓީމްގެ އެސިސްޓަންޓް ކޯޗް ހުސައިން ހަލީމް ވަނީ މިއަދު ކޮރެއާއަށް ފުރައިފިއެވެ.

އޭނާއަކީ ސައުތު އޭޝިއަން ގޭމްސްގެ އެތުލެޓިކްސްއިން ރާއްޖެއަށް ފުރަތަމަ މެޑަލް ހޯދި ޓީމްގެ މެމްބަރެކެވެ. އަދި ހުސައިން ހަލީމަކީ 10 ސިކުންތުން 100 މީޓަރު ދުވި ރާއްޖޭގެ ފުރަތަމަ ފިރިހެން އެތުލީޓެވެ. އޭނާ އަންނަނީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްއަށްފަހު ގައުމީ ޓީމުން ރިޓަޔަރ ކުރުމަށްފަހު ނޭޝަނަލް ޓީމްގެ އެތުލީޓުންނަށް ތަމްރީން ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރަމުންނެވެ.