ބޮލީވުޑްގެ ކާމިޔާބު ބަތަލު ޖޯން އަބްރަހަމްގެ ކުރިއަށް އޮތް އެކްޝަން ފިލްމު "އެޓޭކް" އަށް ބަތަލާ ޖެކަލީން ފާނަންޑޭޒް ގުޅިއްޖެއެވެ.

ޚަބަރުތައް ބުނާގޮތުގައި ފިލްމަށް އޭނާ މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. އަދި ފިލްމުގެ ޓީމުން ޖެކަލީނަށް އެ ފުރުސަތު ދިނީ އެ ފިލްމު އޭނާއަށް ކުޅެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

ކުޅަދާނަ ބަތަލާ ޖެކަލީން ވަނީ މީގެ ކުރިންވެސް ޖޯން އަބްރަހަމް އާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި "ރޭސް 2"، "ދިޝޫމް" އަދި "ހައުސްފުލް 2" ހިމެނެއެވެ.

ފިލްމުގެ ކާސްޓުން އިއުލާންކުރި ނަމަވެސް ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއްނުވެއެވެ. އަދި ފިލްމު ރިލީޒްކުރާނެ ތާރީޚެއް ވެސް ކަނޑައަޅައިފައެއްނުވެއެވެ.

ޚަބަރުތައް ބުނާގޮތުގައި ޖޯން އާއި ޖެކަލީން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގައެވެ.

ޖޯން އެންމެފަހުން ފެނިގެން ގޮސްފައިވަނީ "ބަޓްލާ ހައުސް" އިންނެވެ.