ވަގަށް ނަގާފައިވާ ދެ ސައިކަލް ފުލުހުން ހޯދައިފި އެވެ.

ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ދެ ސައިކަލްވެސް ހޯދައިފައިވަނީ ރޭ ގަލޮޅޮ ޕޮލިސްއިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އެ ދެ ސައިކަލްވެސް މިހާރު ޓޯކޮށްފައިވާ ކަަމަށް ފުލުހުން ބުންޏެވެ. އެ ސައިކަލްތަކާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

ވަގަށް ނަގާފައިވާ އިތުުރު ދެ ސައިކަލެއްވެސް ފުލުހުން ދާދި ފަހުން ވަނީ ހޯދައިފައެވެ. އޭގެން އެއް މައްސަލައިގައި އެކަކު މަސްތުގެ ހާލަތުގައި ދުއްވަމުން ދަނިކޮށް ފުލުހުން ވަނީ ހައްޔަރުވެސްކޮށްފައެވެ.