07 Dec 2019, 09:41
މިދިޔަ އަހަރު ސްކްރީންކުރި ގޯލްޑް ޗައިނާގައި ދެއްކުމަށް ނިންމައިފި އެވެ.
އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ޗައިނާގައި ދައްކަން ނިންމީ މި މަހު 13 ވަނަަ ދުވަހު އެވެ. ފިލްމު ޕްރޮމޯޓްކުރަން ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ޕޯސްޓަރުތަކެއް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. އަކްޝޭގެ ފިލްމުތައް މީގެ ކުރިން ވެސް ވަނީ ޗައިނާގައި ދައްކާފަ އެވެ. އަދި އެ ފިލްމުތަކަށް ބޮޑު ތަރުހީބެއް ވެސް ލިބުނެވެ.
އެ ފިލްމަކީ ހަގީގީ ހާދިސާ އަކަށް ބިނާކޮށްގެން އުފެއްދި ފިލްމެކެވެ. ފިލްމުން ދައްކުވައިދިނީ އިންޑިއާގެ ހޮކީ ޓީމަށް ފުރަތަމަ ރަން މެޑަލް ހާސިލްކުރުމަށް ގަދައަޅާ ކުރި މަސައްކަތެވެ. އިންޑިއާއަށް ހޮކީއިން ރަން މެޑަލް ލިބުނީ، 1948 ވަނަ އަހަރު ސަމާ އޮލިމްޕިކްސްގަ އެވެ.
ރީމާ ގަގްތީ ޑައިރެކްޓްކޮށް އުފައްދި އެ ފިލްމުގެ ޕްރޮޑިއުސަރަކީ ފަރްހާން އަޚްތަރު އެވެ. ފިލްމުގެ އަންހެން ލީޑަކީ މަޝްހޫރު ޓީވީ އެކްޓަރު މައުނީ ރޯއީ އެވެ.