ކުރީގެ މިސް ޔުނިވާސް ސުޝްމިތާ ސެން އަލުން ފިލްމީ ދާއިރާއަށް ނުކުންނަން އުޅޭ ކަމުގެ އުފާވެރި ހަބަރު އޭނާ ދީފި އެވެ.

މީގެ ކުރިން ވެސް ސުޝްނިތާ ވަނީ ސްކްރީނުން ފެންނާނެ ކަމަށް ބުނެފަ އެވެ. އޭނާ ބުނީ ފިލްމީ ދާއިރާއަށް އަލުން ނުކުތުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ވިސްނުނު ކަމަށާއި އޭނާއަށް ފިލްމީ ދާއިރާއާ ދުރަށް ނުދެވުނު ކަމަށެވެ.

ސުޝްމިތާ ބުނީ އަންނަ އަހަރު އޭނާ ސްކްރީނުން ފެނިގެންދާނެ ކަމަށެވެ. އޭނާ ސްކްރީނުން އަންނަ އަހަރު ފެންނާނެކަން ކަށަވަރުކޮށްދިން ނަމަވެސް އޭނާ ފެނިގެންދާނީ ކޮން ފިލްމަކުން ކަމެއް ބުނެފައެއް ނުވެ އެވެ.

ސުޝްމިތާ މިހާތަނަށް ކައިވެންޏެއް ކޮށްފައި ނުވި ނަމަވެސް އޭނާ ވަނީ ދެ ކުދިން އެޑޮޕްޓް ކޮށްފަ އެވެ.
ސުޝްމިތާ ފިލްމީ ދުނިޔެއާ އަލްވަދާއުކީ 2010 ވަނަ އަހަރު ނުކުތް "ނޯ ޕްރޮބްލަމް" އަށް ފަހު އެވެ.