މިއަހަރަކީ ބޮލީވުޑަށް ވަރަށް ކާމިޔާބު އަހަރެކެވެ. ގިނަ ފިލްމުތަކަކަށް ވަނީ 100 ކުރޯޑުގެ އާމްދަނީ ލިބިފަ އެވެ. މިއަހަރު ނުކުތް ކާމިޔާބު ފިލްމުތަކުގެ ލިސްޓެއް މިއޮތީ އެވެ.

ބާލާ

ނޭޝަނަލް އެވޯޑް ހޯދި އެކްޓަރު އާޔުޝްމަން ކުރާނާ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ އަންހެން ލީޑަކީ ޔަމީ ގައުތަމްއެވެ. އެ ފިލްމުގައި ބޫމީ ޕަޑްނޭކަރްވެސް ހަރަކާތްތެރިވެއެވެ.

އަމަރް ކޯޝިކް ޑައިރެކްޓްކޮށް ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމަކީ ތަލަ މީހެއްގެ ދިރިއުޅުމުގެ ވާހަކަ ކިޔާދޭ ފިލްމެކެވެ.

ގަލީ ބޯއީ

އާލިއާ ބަޓް އާ ރަންވީރު ސިންހް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު މިހާރު ވަނީ އޮސްކާ އެވޯޑަށް ހުށައަޅާފައެވެ. މިއަހަރު ސްޓާ ސްކްރީން އެވޯޑްސްގެ އެންމެ ވަރުގަދަ ކެޓަގަރީތަކުން އެ ފިލްމު ވަނީ އެވޯޑް ގެންގޮއްސައެވެ.

ގަލީ ބޯއީ'ގައި ރަންވީރު ފެނިގެންދާނީ 'މުރާދު' ކިޔާ އިންޑިއާގެ މުމްބާއީގެ ސްލަމް އަށް ނިސްބަތްވާ ރެޕާ އެއްގެ ރޯލުންނެވެ. އެ ފިލްމަކީ އިންޑިއާގެ އަންޑަގުރައުންޑް ރެ ރެޕް އާޓިސްޓުން ކަމުގައިވާ ޑިވައިން އަދި ނޭޒީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދައިފައިވާ ފިލްމެކެވެ.

ވޯ

މި ފިލްމަކީ މިއަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ފިލްމަށް ވަނީ 450 ކުރޯޑުގެ އާމްދަނީ އެއް ލިބިފައެވެ. ރިތިކް އާ ޓައިގާ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ސިނަމާތަކުގައި ރިލީޒްކުރި ދުވަހުން ފެށިގެންވެސް އަންނަނީ ގިނަ ރެކޯޑުތަކެއް ހަދަމުންނެވެ. ޔަޝް ރާޖް ޕްރޮޑަކްޝަނުން ނެރުނު މި ފިލްމު ޑައިރެކްޓްކުރީ ސިދާތު އަނަންދެވެ.
ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އެ ފިލްމަށް ވަނީ 53.35 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ. އެ ފިލްމު ރިލީޒްކުރިތާ ތިންވަނަ ދުވަހު ވަނީ 100 ކުރޯޑުގެ އާމްދަނީއެއް ހޯދާފައެވެ.

"ވޯ" ވަނީ 4،000 ސްކްރީނުގައި ދައްކާފައެވެ.

ސެކްޝަން 375

މީރާ ޗޯޕްރާ ލީޑުން ފެނިގެންދާ ފިލްމަށް ވަނީ ބެލުންތެރިންގެ އިތުރުން ކްރިޓީކުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. ރޭޕެއްގެ އިލްޒާމް މީހެއްގެ ބޮލުގައި އެޅި އެ މައްސަލަ ހައްލުކޮށް ކަންތައްވެގެންދާ ގޮތް ދައްކުވައިދޭ އެ ފިލްމު ޑައިރެކްޓްކުރީ އަޖޭ ބާލްއެވެ.

އުރީ: ދަ ސާޖިކަލް ސްޓްރައިކް

އަދިތްޔާ ދަރް ޑައިރެކްޓްކޮށް އުފައްދާފައިވާ އެ ފިލްމަކީ ތްރިލާ ޖޯންރާގެ ފިލްމެކެވެ. އެ ފިލްމަށް ވަނީ 342 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ.

ވިކީ ކޯޝަލް، ޔާމީ ގޯތަމްގެ އިތުރުން މޯހިތު ރާއިނާ، ޕަރޭޝް ރާވަލް އަދި ކްރިތީ ކުޅާރީ ވެސް ފެނިގެންދާ އެ ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެ ފިލްމު ވެގެންގޮސްފައި ވަނީ މި އަހަރުގެ އެންމެ ފުރަތަމަ ބޮލީވުޑް ހިޓަށެވެ.
'އުރީ' އަކީ 2016 ވަނަ އަހަރު ކަޝްމީރުގެ އުރީގައި ހުރި އިންޑިއާގެ އަސްކަރީ ބޭސްއަކަށް ޕާކިސްތާނުގެ ޓެރިސްޓުންތަކެއް ހަމަލާދީ އިންޑިއާގެ 19 ސިފައިން މަރާލި ހަމަލާގެ ރައްދެއްގެ ގޮތުން އިންޑިއާ އަސްކަރިއްޔާ އިން ކުރިއަށް ގެންދިޔަ ސާޖިކަލް އޮޕަރޭޝަނަށްގެ މައްޗަށް އަދިއްތުޔަ ދާރް ޑައިރެކްޓުކޮށް އުފައްދައިފައިވާ ފިލްމެކެވެ.