20 Dec 2019, 21:02
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދީފައި ވަނީ ޗުއްޓީއަށް ކ. މާފުއްޓަށް ވަޑައިގެން ހުންނަވަނިކޮށް ކަމަށް ހައިކޯޓުން ބުންޏެވެ. އެމައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް ހައިކޯޓުން ބުންޏެވެ.
މަރުގެ އިންޒާރު ދިނީ ފަނޑިޔާރު ޝުޖާއު މާފުށީ މެޖިސްޓްރޭޓާ އެއްކޮށް ކޮފީއެއްގައި ހުއްޓާ އެތަނަަށް އައި މީހެއްކަން ވަނީ އެނގިފައެވެ. އެ މީހާ ފަނޑީޔާރު ޝުޖާއަށް ހަމަލާދީ މަރާލާނެ ކަމަށް ބުނި ކަމަށްވެ އެވެ.
އެ މައްސަލަ ފަނޑިޔާރު ޝުޖާއު ވަނީ ފުލުހަށް ހުށަހަޅުއްވައިފައެވެ.
އެމައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.