22 Dec 2019, 18:52
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަރާމާތަށް އަނެއްކާވެސް 30 މިނެޓަށް ބަންދުކުރުމަށް ނިންމައިފި އެވެ.
ރަންވޭގެ މެއިންޓެނެންސް އަށްޓަކައި މިއަދު ހަވީރުގެ ވަގުތެއްގައިވެސް ވަނީ އެއާޕޯޓުގެ ރަންވޭ ބަންދުކޮށްފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވަނީ މިރޭ 19:00 އިން ފެށިގެން 19:30 އާ ހަމައަށް އެއާޕޯޓުގެ ރަންވޭގެ މަރާމަތަށް އަނެއްކާވެސް ބަންދުކުރާނެ ކަމަށެވެ.
ރަންވޭ ބަންދުކުރާ ވަގުތުގައި ޕްލޭންކޮށްފައިވާ ފްލައިޓް އޮޕަރޭޝަންތަަކަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
އެމްއޭސީއެލް އިން ބުނެފައިވަނީ މިއަދު 15:55 އިން ފެށިގެން 16:15އާ ހަމައަށް ރަންވޭ ބަންދުކޮށްފައިވަނީ އެތަނުގައި ހުރި ކުނި ސާފުކުރުމަށްޓަކައި ކަމަށެވެ.