26 Dec 2019, 13:10
ދިރާގު ޓިވީގެ ޚިދުމަތް ވ. ފުލިދޫ އަށް ތައާރަފު ކޮށްފި އެވެ.
ދިރާގުން ބުނީ އެކުންފުނިން މަސައްކަތް ކުރަނީ މާލެއާއި އަތޮޅުތެރޭގައި ފޯރުކޮށްދޭ ދިރާގުގެ ޓީވީ ހިދުމަތުމަތުގައި އެއްވެސް ތަފާތުކުރުމެއް ނުގެން ގުޅެން ކަމަށެވެ.
ދިރާގު ޓީވީގައި ދިވެހި ހުރިހާ ޗެނަލްތަކެއްގެ އިތުރުން ބޭރުގެ މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނެ އެވެ. ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނަލްތަކުން ފެށިގެން އެންމެ ފަހުގެ ހިންދީ އަދި އިނގިރޭސި ފިލްމާއި މިއުޒިކް ޗެނެލްތައް އަދި ކުޑަކުދިންނަށް ހާއްސަ ޗެނަލްތައް ދިރާގު ޓީވީގައި ހިމެނެ އެވެ.
ދިރާގު ޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް މެދުވެރިކޮށް ދޭ ހިދުމަތެކެވެ. ދިރާގު ޓީވީ ބެލުމަށް އިންޓަނެޓްގެ އިތުރު ހަރަދެއް ނުހިނގާނެ އެވެ. މީގެ އިތުރުން އިންޓަނެޓްގެ ޑައުންލޯޑް ލިމިޓް (ޔޫސޭޖް އެލަވަންސަކަށް) ވެސް މީގެ އަސަރެއްނުކުރާނެ އެވެ.
ދިރާގުޓީވީގެ އެކައުންޓް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން ބޭނުންކޮށްގެން ޓީވީ ބެލޭނެ އެވެ.
ދިރާގު ޓީވީ ތައާރަފު ކުރިތާ ދެ އަހަރު ވެފައިވާއިރު ދިރާގު ޓީވީ އަށް ހާއްސަ އެޕްލިކޭޝަނަކާއި ވީޑިއޯ އޮން ޑިމާންޑް ފީޗާ ވަނީ ތައާރަފުކޮށްފަ އެވެ.
ރާއްޖޭގެ ގޭބީސީގެ 75 ޕަސެންޓަށް މި ހިދުމަތް ފޯރުކޮށްދެ އެވެ.