28 Dec 2019, 20:00
މާލޭގައި ބިދޭސީންގެ ދެ ގްރޫޕުގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ ބިދޭސީ ދެ ގްރޫޕެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލައެއް ވަނީ މިރޭ 19:02 ހާއިރު ފުލުހަށް ހުށަހަޅާފައި ކަމަށެވެ.
އެ މާރާމާރީގައި ބިިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަނިޔާވި ބިދޭސީގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ މާރާމާރީގައި ބައިވެރިވެފައިވަނީ ހަތަރު ބިދޭސީންނެވެ. އަދި އެ މާރާމާރީ ހިންގާފައިވަނީ މާލޭ މަޖީދީ މަގުގައި ހުންނަ "ސިކްސް އެކްސް" ނަމަކަށް ކިޔާ ފިހާރަ ކައިރީގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.