01 Feb 2020, 20:29
ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ސްނޯކަލިންއަށް ގޮސްއުޅެނިކޮށް މަރުވެއްޖެ އެވެ.
ފުލުހުން މިރޭ ބުނީ މިއަދު 5:00 އެހާކަންހާއިރު މަރުވެފައި ވަނީ، ކުރަމަތި ރިސޯޓުން ސްނޯކަލިންއަށް ގޮސްއުޅުނު ފަތުރުވެރިއަކު ކަމަށެވެ. މަރުވި މީހާއަކީ، ސްޕެއިންގެ 71 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.