ލޮޓަސް ފިހާރައިން ވިއްކާ ލެވިސްޓާ ބްރޭންޑުގެ ކޮފީއަށް ހާއްސަކޮށްގެން އަގުހުރި އިނާމުތަކާއެކު ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތައް އިއުލާންކޮށްފި އެވެ.

އެ ޕްރޮމޯޝަނުގައި ދޫކޮށްލި އިނާމުތަކުގެ ޖުމްލަ އަދަދު 115,900 ރުފިޔާއަށް އަރަ އެވެ.

އެގޮތުން އެއްވަނައަށް ކަނޑައަޅާފައިވަނީ 90,000 ރުފިޔާގެ އަގުހުރި ބެނެލި ލިއޮންސީ 250 ސީސީގެ ސައިކަލެކެވެ. މި އިނާމު ލިބުނީ ތޮލްހަތު ސަލީމްއަށެވެ.

އެއްވަނައަށް ހޮވުނު ތޮލްހަތު ސަލީމް--

ދެވަނަ އިނާމަކަށް ކަނޑައަޅާފައިވާ 25,900 ރުފިޔާގެ އަގުހުރި ލިންހައި ކުޒީ 110 ސީސީގެ ސައިކަލު ލިބުނީ މޫސާ ފާއިޒުއަށެވެ.

ދެވަނަ އިނާމު ލިބުނު މޫސާ ފާއިޒު--

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ ޕްރޮމޯޝަންގައި ލެވިސްޓާ ބްރޭންޑުގެ ދެ ކޮފީ ދަޅު ގަންނަ ކޮންމެ ކަސްޓަމަރަކަށް ވެސް ކޫޕަނެއް ވަނީ ދީފަ އެވެ.