ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދާ ބިރުވެރި ފިލްމު ކަމަށްވާ "ބޫތު: ޕާޓް ވަން - ހޯންޓެޑް ޝިޕް"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ވިކީ ކޯޝަލް އާއި ބޫމީ ޕަޑްނޭކަރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަކީ ޝިޕެއްގެ ތެރެއިން ބަޔަކަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.

މި މަހު 21 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމަކީ ބާނޫ ޕްރަތާބް ސިންގް ޑައިރެކްޓްކުރާ ފިލްމެކެވެ. މިހާރު ވަނީ މި ފިލްމުގެ ހުރިހާ މަންޒަރެއް ޝޫޓްކޮށް ނިމިފަ އެވެ. މި ފިލްމަކީ އެކި ބައިތަކުގެ މަތިން ގެނެސްދިނުމަށް ނިންމާފައިވާ ފިލްމެކެވެ.

އެ ފިލްމަކީ ބޮލީވުޑުން އުފައްދާ ބިރުވެރި ފިލްމުތަކުގެ ތެރެއިން ތަފާތުވާނެ ފިލްމެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ. މި ފިލްމަކީ ދަރްމާ ޕްރޮޑަކްޝަންސް އިން ރަސްމީކޮށް ފުރަތަމަ ފަހަރަށް ގެނެސްދޭ ބިރުވެރި ފިލްމެކެވެ.