ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕާކްހިޔަޓް މޯލްޑިވްސްއިން ގދ. ހަނޑަހާގައި ތަރައްގީކުރި ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ އެމެރިކާގެ 59 އަހަރުގެ ފިރިހެނެއް ގެނބިގެން ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް މިއަދު ހަވީރު 06:20 އެހައިކަންހާއިރު ގެންދިޔަ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ހޮސްޕިޓަލްއަށް ގެނައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލްއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

ނިޔާވެފައި ވަނީ އެމެރިކާއަށް ނިސްބަތްވާ ފަތުރުވެރިއެކެވެ.

އެ ހާދިސާ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.