މެދުރާއްޖެތެރޭގެ ރަށެއްގައި 15 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ.

ނޯތު ސެންޓްރަލް ޑިވިޝަންގައި ހިމެނޭ އަތޮޅުތަކުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައި ވަނީ ރޭގައެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މިއަދު މެންދުނު 12:45 އެހައިކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް ރޭޕް އާއި ޖިމްސީ ގޯނާގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން ދޮން ބައްޕައަކު އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް މީގެ ދެ ހަފްތާ ކުރިން ފެންމަތިވެފައިވާ އިރު ގުރޫޕަކުން ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.