ކޮވިޑް-19 ވައިރަސް ޖެހިފައިވާ މީހަކާ ކޮންޓެކްޓުވި ކަމަށް ބެލެވޭ ކުރަމަތި އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ކަރަންޓީނު ފެސިލިޓީއަަކަށް ގެންދިޔުމުގެ މަސައްކަތް ފަށައިފި އެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓުވި ކުރަމަތި ރިސޯޓުގެ ދިވެހި މުވައްޒަފެއް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކަރަންޓީނު ފެސިލީޓީއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ ހަ މީހެކެވެ. އެއީ ޅ. ކުރެއްދޫ ރިސޯޓުން ހަތަރު މީހަކާއި، އއ. ސޭންޑީސް ބަތަލާ ރިސޯޓުން ދެ މީހެކެވެ. އެ ނޫން އެހެން ކޭސްއެއް ޕޮޒިޓިވްވި ކަމެއް އަދި އެޗްޕީއޭއިން އިއުލާނެއް ނުކުރެއެވެ.

ކޮވިޑް-19 ވައިރަސް ޖެހިފައިވާ މީހަކާ ކޮންޓެކްޓުވި ކަމަށް ބެލެވޭ ކުރަމަތި އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ކަރަންޓީނު ފެސިލިޓީއަަކަށް ގެންދިޔުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ކޮވިޑް-19 ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓުވި ކުރަމަތި ރިސޯޓުގެ ދިވެހި މުވައްޒަފެއް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކަރަންޓީނު ފެސިލީޓީއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވިލަމެންދޫ އާއި ކުރަމަތިން މިއިން ކޮންމެ ރިސޯޓަކުން އެކަކު ބައްޔަށް ޝައްކު ކުރެވިގެން ވަނީ އައިސޮލޭޓު ކުރެވިފައެވެ. އެއިން ރަށަކުން މީހަކު ޕޮޒިޓިވްވި ކަމެއް އަދި އިއުލާނެއް ނުކުރެއެވެ.