ކުރަމަތި އައިލެންޑް ރިސޯޓުން ޓެސްޓު ކުރި ބިދޭސީ ދެ މީހުން ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެ އެވެ. އެއާ އެކު ރާއްޖެއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު، އަށަކަށްއެރީ އެވެ.

އެޗްޕީއޭ އިން ދާދި ދެންމެއަކު ބުނީ، އެ ރިސޯޓުން ސާމްޕަލް ނެގި ބިދޭސީ ދެ މީހުން ވައިރަހަށް ޕޮޒިޓިވް ވުމާ އެކު އެ ރިސޯޓް އޮތީ ވަގުތީގޮތުން ބަންދު ކޮށްފައި ކަމަށެވެ. އަދި އެ މީހުންނާ ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

އިއްޔެ އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކޮރޯނާވައިރަސްއަށް ޝައްކުވި ދެ ބިދޭސީންގެ އިތުރު، އެ މީހުންނާ ކޮންޓެކްޓުވި އިތުރު މީހަކު ވަނީ ކަރަންޓީނުކޮށްފަ އެވެ.

ރާއްޖެއިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން މިހާތަނަށް ހަތަރު މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އއ. ސޭންޑީސް ބަތަލާ އިން ދެ ފަތުރުވެރިއަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

ކުރަމަތި ރިސޯޓާއެކު ސޭންޑީސް ބަތަލާ އަދި ކުރެއްދޫ ވެސް އޮތީ މީހުން އަރާފޭބުން މަނާކޮށްފައެވެ.