23 Mar 2020, 21:26
ދަތުރުކުރާ ފަސިންޖަރުންނާ އެއްކޮށް ސެލްފީ ނުނަގަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފި އެވެ.
އެމްއޭސީއެލުން އެގޮތަށް އިލްތިމާސްކޮށްފައި ވަނީ ދާދި ފަހުން ރާއްޖެ އައި ކުރީގެ މެޗެސްޓަ ޔުނައިޓެޑްގެ ކުޅުންތެރިޔާ ފެލައިނީ އާ އެކު އެއާޕޯޓުގެ ދެ ސްޓާފަކު ފޮޓޯ ނަގާފައި ވަނިކޮށެވެ. ފެލައިނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ފަހުން ފެލައިނީ ވަނީ ކޮވިޑް 19 އަށް ޕޮސިޓިވް ވެފަ އެވެ. އަދި އެ ސްޓާފުން ވަނީ އައިސޮލޭޓް ކޮށްފަ އެވެ.
އެމްއޭސީއެލުން ބުނީ ގައިގޯޅިވެ ފޮޓޯ ނެގުން ރައްކާތެރި ނޫން ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި އިޖްތިމާއީ ގައިދުރުމިން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެމްއޭސީއެލުން އިންތިމާސް ކުރި އެވެ.
ފެލައިނީއާ އެކު ފޮޓޯ ނެގި އެއާޕޯޓުގެ ދެ ސްޓާފުން ކޮވިޑް 19 އަށް ނެގެޓިވް ވެފައިވާކަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.