30 Mar 2020, 21:03
ސްޓެލްކޯގެ ބައެއް ހިދުމަތްތައް އޮންލައިންކޮށް ދޭން އެ ކުންފުނިން ނިންމައިފިއެވެ.
މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ސްޓެލްކޯގެ ބައެއް ހިދުމަތްތައް ވަނީ މަޑުޖައްސާލައިފައެވެ.
އެހެންނަމަވެސް ކުރިއަށް އޮތީ ރަމަޟާން މަސްކަމަށްވެފައި، ސަރުކާރު ބަންދު ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަދި ކުންފުންޏާ ގުޅުން ހުރި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭނެ މަގެއް ހޯދައިދޭން ބޭނުންވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
" ގްރޭޓާ މާލޭ ސަރަހައްދަށް މިވަގުތަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ގޭގައި ތިއްބަވައިގެން ހިދުމަތްތަކަށް އެދި ފޯމް ހުށަހެޅުއްވުމާއި ފައިސާ ދެއްކެވުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ." އެކަމާ ގުޅޭގޮތުން ސްޓެލްކޯއިން މިރޭ ނެރުނު ބަޔާނުގައި ވެއެވެ.
އެހެންކަމުން ގްރޭޓާ މާލޭ ސަރަހައްދުގައި އުޅުއްވާ ފަރާތްތަކުން ކޮންމެހެން ބޭނުންވާ ހިދުމަތަށް އެދި ސްޓެލްކޯގެ އީމެއިލް އެޑްރެސް
[email protected]އަށް އީމެއިލް ކުރުމަށް ސްޓެލްކޯގައި ބަޔާނުގައި ބުނެފައިވެއެވެ.
އަތޮޅުތަކުގައި ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ރަށްރަށުގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެތައް ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10 އަކުން މެންދުރު އެކަކަށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
އޭގެ އިތުރުން ސްޓެލްކޯގެ ސޭލްސް ސެންޓަރު މެދުވެރިކޮށް ކޮންމެހެން ބޭނުންވާ ހިދުމަތްތަކުގެ ކަރަންޓާއި ގުޅުން ހުރި މުދާ ވިއްކުމާއި، ދޫކުރުމިުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސައިފައެވެ.
" އެގޮތުން އެ ހިދުމަތްތައް ދޭން ބޭނުންވާ ފަރާތްތަކުން، ސޭލްސް ސެންޓަރުގެ ފޯން ނަންބަރު 9110888 އާ ގުޅުއްވުމުން ނުވަތަ[email protected]އަށް މެއިލް ކުރެއްވުން އެދެެމެވެ." ސްޓެލްކޯގެ ބަޔާނުގައި ވެއެވެ.