މިހާރު މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތް އޮތުން އިތުރު 14 ދުވަހަށް ދިގު ދައްމާލަން ސަރުކާރުން ނިންމައިފި އެވެ.

މާލެއިން ކޮވިޑް 19 އަށް ޕޮސިޓިވް މީހަކު ފެނި އަދި ކޮންޓެކްޓް ވީ ދެމީހަކުވެސް ޕޮސިޓިވް ވުމާ ގުޅިގެން މާލެ ސިޓީ ލޮކްޑައުން ކުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެއީ މާލޭގައި ކޮވިޑް 19 ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ނިންމައި އެލާޓް ލެވެލް ރަތަށް ބަދަލުކުރުމަށް ފަހު އެވެ.

އެ ލޮކްޑައުން އިތުރު 14 ދުވަހަށް ދިގު ކުރުމަށް ނިންމިކަން އެޗްޕީއޭއިން އިއުލާން ކުރީ އާންމު އެންގުމަކުންނެވެ.

މި ލޮކްޑައުންގެ މުއްދަތު ދިގު ކުރުމާ އެކު ހާއްސަ ހުއްދަ ލިބިގެން ނޫނީ، މާލެއަށް އަރާ ފޭބުން މަނާވާނެ އެވެ. އަދި އާންމު ދަތުރުފަތުރާއި ފްލައިޓްތައް އެއްވެސް ގޮތަކަށް ދަތުރުކުރުން ވެސް މަނާވާނެ އެވެ.

އެނގިފައިވާ ގޮތުގައި މިހާރު ނިންމާފައި ވަނީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ތަކެތި ފޯރުކޮށްދިނުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ވަކި ކޮމިޓީއެއް އެކުލަވާލުމަށެވެ.

ތަފްސީލު އަންނަނީ...