މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ގެ ބްލަޑް ބޭންކުގައި ހުރި ލޭގެ ސްޓޮކް ދަށްވެ، ލޭ ހަދިޔާކޮށްދޭން އެދިއްޖެއެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ލޭ ލިބުން ދަތިވެ، އެކި ފަހަރު މަތިން ލޭ ހަދިޔާކޮށްދޭން ވަނީ އެދިފައެވެ.

އެންމެ ފަހުން ލޭ ހަދިޔާކޮށްދޭން އެމްބީއެސް އިން އެދިފަައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެ ފަހަރު އެދުނީ އޯ ޕޮޒިޓިވް އާއި ބީ ޕޮޒިޓިވް ލޭ ހަދިޔާ ކޮށްދިނުމަށެވެ.

އެމްބީއެސް، ކޮންމެ އާދިއްތަ ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 08:00 އިން 15:00ގެ ނިޔަލަށް ހުޅުވާފައި ހުންނާނެއެވެ. އެހެންކަމުން އެވަގުތުގައި ލޭ ހަދިޔާކުރުމަށް ދިޔުމަށް އެ އެމްބީއެސް އިން ވަނީ އެދިފައެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ތެލްސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެގެން ލޭ ދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސް އިން އިލްތިމާސް ކުރުމުންވެސް މީގެ ކުރީން ވަނީ ގިނަ ބަޔަކު ލޭ ހަދިޔާކޮށްފައެވެ.