21 Apr 2020, 19:49
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފެނަކާގެ ޕަމްޕް ސްޓޭޝަންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ފުލުހުން ބުނެފައިވަނީ ފެނަކާ ޕަމްޕް ސްޓޭޝަންގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހަވީރު ލިބިފައިވާ ކަމަށެވެ. އެ މައްސަލައެެއް މިއަދު 16:53 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށެވެ. އެހެންނަމަވެސް އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށެވެ.